މާލޭގެ ގަލޮޅު ދަނޑު ތަޅާލައި އާ ދަނޑެއް ތަރައްގީކުރަން ނިިންމައިފި އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ގަލޮޅު ދަނޑު ތަޅާލައި އައު ދަނޑެއް ތަރައްގީ ކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އޭގެ އިތުރުން އެމަސައްކަތަކީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މީގެ ކުރިން ވަނީ މި މަޝްރޫއުގެ މަސައްކަތަށް 385.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާލޭގައި ތަރައްގީކުރާ މި އައު ދަނޑުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓްގައި ގަލޮޅު ދަނޑު ތަޅާލައި ހަދަން ނިންމާފައިވާ އައު ދަނޑުގެ ޑިޒައިން ވެސް ހިއްސާކުރައްވާފައިވެ އެވެ.
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
އިސްތަށިގަނޑު ތުނިވެ ބަލިކަށިވަނީ މިހެެންވެ ކަމަށް ވެދާނެ!
