ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި ހެވީ ވެހިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިއަދު ދެ ފިޔަވަހި ގުޅުވާލި ބްރިޖުން ދުއްވާފައި ދިޔަ ހެވީ ވެހިކަލަކާއި ސައިކަލެއް ޖެހިގެންކަމަށެވެ. ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
މޮޑެލް އީމާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!