ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ ހަތަރު އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ.
މިއީ ޓޫރިޒަމް ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ޓޫރިޒަމް ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ގައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށް 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުން ރާއްޖެއަށް އެވޯޑު ލިބިފައި ވަނީ އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން، ލީޑިން ކްރޫޒް ޑެސްޓިނޭޝަން، ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ކެޓަގަރީން އެވެ.
މީގެއިތުރުން ވެސް އިންޑިއާ ކަނޑުގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުން ވަނީ ހޯދާފަ އެވެ. އިންޑިއާ ކަނޑުގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބުނީ ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށެވެ. އަދި ލީޑިން ޓްރެވެލް އެޖެންސީގެ އެވޯޑް ލިބިފައިވަނީ ސިންޕްލީ މޯލްޑިވްސް ހޮލިޑޭސް އަށެވެ.
އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުން ހޯދި އެވޯޑްތަކުގެ ތެރޭގައި:
- ލީޑިން ބޮޓިކް ހޮޓެލް: ނަލަދޫ ޕްރައިވެޓް އައިލެންޑް
 - ލީޑިން ޑައިވް ރިސޯޓް: ކޮންސްޓެންސް މޫފުށިލީޑިން
 - ފެމިލީ ރިސޯޓް: ކުރުނބާ ރިސޯޓް
 - ލީޑިންގ ގްރީން ރިސޯޓް: ރީތިފަރު ރިސޯޓް
 - ލީޑިންގ ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
 - ލީޑިންގ ހޮޓެލް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
 - ލީޑިންގ ހޮޓެލް ސުއިޓް: ވައްކަރު މޯލްޑިވްސް
 - ލީޑިންގ ލެޝަ ހޮޓެލް: އަނަންތަރާ ވެލި
 - މޯލްޑިވްސް ރިސޯޓްލީޑިން ލަގްޝަރީ ހޮޓެލް ވިލާ: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
 - ލީޑިން ލަގްޝަރީ އައިލެންޑް ރިސޯޓް: ވެލާ ޕްރައިވެޓް އައިލެންޑް
 - ލީޑިން ލަގްޝަރީ ރިސޯޓް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
 - ލީޑިން ލަގްޝަރީ ޓުއަ އޮޕަރޭޓަރު: ހޭ ހޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
 - ލީޑިން ލަގްޝަރީ ވޯޓަ ވިލާ: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
 - ލީޑިން ނިއު ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
 - ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް: ވެލާ ޕްރައިވެޓް އައިލެންޑް
 - ލީޑިން ރިސޯޓް: ވައްކަރު މޯލްޑިވްސް
 - ލީޑިން ވޯޓަ ވިލާ ރިސޯޓް: ސަން އެކުއާ ވިލު ރީފް
 - މޮސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް
 
އިންޑިއާ ކަނޑުގެ ސަރަހައްދުން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެވޯޑްތައް ލިބުނު ފަރާތްތައް އިއުލާންކުރީ އަންގާރަ ދުވަހު އެވެ. ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ 8 އެވޯޑަކަށް ވެސް ރާއްޖެއިން ވަނީ ނޮމިނޭޓްވެފަ އެވެ. ނަމަވެސް މި އެވޯޑްތައް އިއުލާންކުރުން އޮންނާނީ މިމަހުގެ ފަހުކޮޅު އެވެ.
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!
		
			އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!