އަލްމަޓީ (06 ޖެނުއަރީ)- ކަޒަކަސްތާންގެ އަލްމަޓީގައި ހަމަނުޖެހުންތައް ބޮޑުވުމާއެކު މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން އެ އަވަށަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފި އެވެ.
މިދިޔަ ދިހަ އަހަރު ތެރޭގައި ވެސް ނުވާ ވަރަށް އެގައުމުގެ ދާޚިލީ މަޝްރަހު ނުތަނަވަސްވެފައި ވާއިރު އަލްމަޓީއަށް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި ފްލައި ދުބާއީ، އެއާ އަރަބިއާ އަދި ޖަޒީރާ އެއާވޭސް ހިމެނެ އެވެ.
ފްލައި ދުބާއީގެ ވެބްސައިޓުން އަލްމަޓީގެ ދަތުރުތައް ކެންސަލް ކަމުގައި ދެއްކި ނަމަވެސް ވެރިރަށް ނޫރުސުލްތާނަށް ދަތުރުތައް އަދިވެސް ކުރިއަށް ގެންދާ ކަމަށް ދައްކަ އެވެ.
ކަޒަކަސްތާނުގެ މަޝްރަހު މިހާ ހޫނުވެފައި މިވަނީ ތެލުގެ އަގުތައް މަތިވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ގިނަ އަދަދެއްގެ އާއްމުން މުޒާހަރާކުރަން ނުކުތުމުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަލްމަޓީގެ އެއާޕޯޓަށް މުޒާހަރާގެ ބައިވެރިން ވަދެގަނެ ހަމަނުޖެހުން ހިންގާ މުދަލަށް ގެއްލުން ދީފައިވެ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ މުޅި ގައުމަށް މުއްދަތެއް ނެތް ގޮތަށް ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. -- އަލް އަރަބިއްޔާ
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
10 އަހަރަށްފަހު ރަންބީރުއާއި ދީޕިކާ އެކުގައި ފެންނަނީ!
އެފްސީޕީޑީއަށް ހާޒިރުކޮށް ސަނީ އުމަރާ ސުވާލުކުރީ