އަހަރީ ހިސާބުތައް ނިންމުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިދުމަތްތައް އަންނަ ބުރާސްފަތި ދުވަހު ބަންދުކުރަން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ މިމަހުގެ 30 ވަނަ ދުވަހު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި އަލުން ހުޅުވާނީ އަންނަ މަހު ދެވަނަ ދުވަހު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް ބަންދު ކުރަނީ އައު އަހަރާއި ދިމާކޮށް، އަދި އަހަރީ ހިސާބުތައް ނިންމުމަށް ކަމަށް އެ ބޭންކުން ބުނެ އެވެ.
އެ މުއްދަތުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިން އާއި ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި