ކ. މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނީ މިމަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެމްޓީސީސީ ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް މަސައްކަތް ފަށައިފަ އެވެ. މިއީ ޖުމުލަ 10.8 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ.
މާފުށީ ޕިކްނިކް އައިލެންޑުގެ މަޝްރޫއަކީ ޕިކްނިކް އައިލެންޑުގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކާ ތިންވަނަ މަޝްރޫއެވެ. އެކުންފުނިން މީގެ ކުރިން ވަނީ ކ. ގުރައިދޫ ޕިކްނިކް އައިލެންޑެއް ހިއްކައިފަ އެވެ. އަދި ކ. ކުޑަރިކިލުގެ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަޝްރޫއު ވަނީ ފަށައިފަ އެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
މުކޭޝް ކައިވެނި ނުކޮށް ހުރި ސަބަބު!
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟