ބ. ދަރަވަންދޫގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައެއް ރޭ 9:36 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން ކުއްޖާ ރޭގެ ވަގުތެއްގައި އެރަށު އަންހެން ކުއްޖަކު ފޮރުވާފައި ކަމަށް ވެސް މައުލޫމާތުލިބެ އެވެ. އަދި ތޫނު އެއްޗަކުން ބިރުދެއްކީ އެއަންހެން ކުއްޖާގެ ބައްޕައަށް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅިގެން ރޭ އެރަށު ރައްޔިތުން ވަނީ އެ ރަށުގައި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. އެގޮތުން ދަރަވަންދޫ ކައުންސިލުން ބުނީ މިކަން ހިނގައި ދިޔައީ ކީއްވެކަމާއި ކިހިނެއްކަން މާބޮޑަށް ސާފުނުވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އަންހެން ކުއްޖާ ގެއްލިގެން އުޅޭ ވާހަކަ އާއި މިކަން ރަށު ރައްޔިތުންނަށް ގޮވާލަދޭން ކައުންސިލްގެ ރައީސަށް ރައްޔިތުން ގުޅައި އެންގި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
