އުމުރުން ދުވަސްވާ ވަރަކަށް ބޮލުގެ އިސްތަށި ފައިބައި ތަލަވުމަކީ ގިނަ ފިރިހެނުންނަށް ކުރިމަތިވާ ކަމެކެވެ. މިއީ ފަރުވާއެއް ނެތް ގުދުރަތީ ކަމެއްހެން ހީވެފައި އޮތް ނަމަވެސް ހަގީގަތަކީ ބޯ ތަލަވާނަމަ ބޭނުން ކުރެވިދާނެ ގުދުރަތީ ފަރުވާ އެބަހުރި ކަމެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ފަރުވާ ތަކަށެވެ.
މަސާޖު ކުރުން
ބޯ ތަލަވުމަށް އޮތް އެންމެ ފަސޭހަ ފަރުވާއަކީ ތެޔޮ ބޭނުން ކޮށްގެން އިސްތަށިގަނޑު މަސާޖު ކުރުމެވެ. މިގޮތަށް އިސްތަށިގަނޑުގެ ބުޑުތައް މަސާޖު ކުރުމުން އިސްތަށިތަކަށް ދިރުން ލިބި ދިގުވުމަށް އެހީވެދެ އެވެ.
އެލޯވެރާ
އެލޯވެރާއަކީ މިކަމަށް އޮތް އެންމެ އަގުހެޔޮ ފަރުވާ އެވެ. ތާޒާ އެލޯވެރާ ފަތްކޮޅެއް ބޮލުގެ ތަލައިގައި އުނގުޅުމަށްފހު އެއްގަޑިއިރު ވުމުން ބޯ ރަނގަޅަށް ދޮވެލާށެވެ.
ފިޔާ ޖޫސް
ފިޔައަކީ ނުބައި ވަސް ދުވި ކަމުގައި ވިޔަސް ބޮލުގެ އިސްތަށިގަނޑަށް ވަރަށް ފައިދާ ކުރުވާ އެއްޗެކެވެ. ފިޔައިގެ ދިޔަ ފެލައިގެން އިސްތަށިގަނޑުގައި އުނގުޅުމުން އިސްތަށިތައް ދިގުވެ، އާ އިސްތަށިތައް ފަޅަން އެހީވެދެ އެވެ.
ލުނބޯ ހުތް
ކާށި ތެޔޮ ފޮދަކަށް ކުޑަ ލުނބޯހުތް ކޮޅެއް ޖަހައިގެން ބޮލުގައި އުނގުޅުމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައިރާން ކުރުވަނިވި ނަތީޖާތައް ފެންނާނެ ކަމެކެވެ.
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!