އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މުނޫ ވަހާވަރުއަށް ސަފީރު ކަމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި މިއަދު މުހޫ މަހާވަރަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރެއްވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ.
ސަފީރުކަމުގެ ފަތްކޮޅާ ހަވާލުވުމަށްފަހު މުނޫ މަހާވަރު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ރައީސް ކޯވިންދުގެ ފަރާތްޕުޅުން ލިބުނު އިރުޝާދަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
މުނޫމަހާވަރު ސަފީރަކަށް ހަމަޖެއްސީ ކުރިން ސަފީރު ކަމުގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރުގެ ސަފީރު ކަމުގެ ދައުރު ހަމަވުމުންނެވެ. މުނޫ މަހާވަރަކީ އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މުނޫ މަހާވަރު އެންމެ ފަހުން ހުންނެވީ އިންޑިޔާއިން އޮމާނަށް ކަނޑައަޅާ ސަފީރުގެ މަގާމުގަ އެވެ.
ސުދީރުގެ ސަފީރުކަމުގެ ދައުރުގައި އޭނާ ވެފައި ވަނީ ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ ސަފީރުކަމުގަ އެވެ. އެގޮތުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު މިސަރުކާރުން ބަދަހި ކުރަމުންދާ ގުޅުމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނަނީ ވެސް ސުދީރު އެވެ.
އިންޑިޔާއިން ރާއްޖޭގައި ހަދަމުންދާ އެއްބަސްވުންތަކުގެ ދަށުން އެގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ބައިތިއްބަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުން ނެވެ.
މުނޫ މަހާވަރު ރާއްޖެ ވަޑއިގަންނަވާނެ ތާރީހެއް އަދި ނޭނގެ އެވެ.
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް