ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނި އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މިއަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓި އަމުރެއްގެ ދަށުންނެވެ. މީގެ އުތުރުން މިހާރު އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ތިބީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބަޔާން ނެގި ކަމަށްވެސް މައުލޫމާތު ލިބެއެވެ، ބަޔާން ނެގި މީހުންގެ ތެރޭގައި ސްކޫލުގެ އިސްވެރިން ވެސް ހިމެނެ އެވެ.
މިމައްސަލަ ހިނގާ ދިއުމުން ސްކޫލުން މިކަން އޮއްބާލަން މަސައްކަތްކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެގޮތުން އެކުއްޖާ ފާހާނާއަށް ގެންދިއުމަށް ހަވާލުކުރީ ކާކާކަން ކްލާހުގެ ޓީޗަރަށް ނޭނގޭ ކަމަށްވެސް އާއިލާއިން ބުނެ އެވެ. އަދި މިކަމާގުޅިގެން ސްކޫލުން ކަންކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަ ކޮށް ކަމަށާއި މިކަން ސަމާލުކަމަށް ގެނެސް މައްސަލަ ތަހްގީގު ކުރަން ފެށީ ނޫސްތަކުގައި މިވާހަކަ ލިޔުމުންނެވެ.
ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ދުނިޔޭގެ ސިނަމާތަކަށް ބިރުވެރި ފިލްމުތަކުގެ "ރަން ޒަމާނެއް"!
ޓްރަމްޕްގެ އިންޒާރާއެކު، އެމެރިކާއިން ސަމާލުވުމަށް އިންޒާރުދީފި