ގަލްފު އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެވެ.
ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފު އެއާއިން ބުނީ މިމަހުގެ 31 ދުވަހުން ފެށިގެން އެއާލައިން ރާއްޖެއަށް ދުވާލަކު އެއް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގަލްފް އެއާގެ މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ގަލްފް އެއާގެ ފްލައިޓުތަކުގައި ރާއްޖެއަށް މެދުއިރުމަތީގެ ޤައުމުތަކުންނާއި ޔޫރަޕްގެ ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އާދެ އެވެ. ގަލްފް އެއާއިން ވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އިސްތަންބޫލަށާއި، ޑާކާއަށާއި، ކޮލަމްބޯއަށް ކުރާ ދަތުރުތައް ވެސް އިތުރު ކުރުމަށް ނިންމާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 34 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!