ނިއުޒިލެންޑްގެ އާންމު އިންތިހާބުގައި ތާރީހީ ނަތީޖާ އަކާއި އެކު ނިއުޒިލެންޑްގެ މިހާރުގެ ބޮޑު ވަޒީރު ޖަސިންދާ އަޑާން ދެވަނަ ދައުރަކަށް އިންހތިހާބުވެ ވަޑައިގެންފި އެވެ.
ހުރިހާ ވޯޓެއް ގުނާ ނިމިފައިވާ އިރު އަޑާންގެ ސެންޓާ-ލެފްޓް ލޭބާ ޕާޓީއިން 49.1 އިންސައްތަ ވޯޓާއި އެކު ގާނޫނު ހަދާ މަޖިލީހުގެ 64 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.
އިދިކޮޅު ސެންޓަ-ރައިޓް ނެޝަނަލް ޕާޓީއަށް ލިބިފައިވަނީ ވޯޓުގެ 26.8 އިންސައްތައާއި އެކު މަޖިލީހުގެ 120 ގޮނޑިގެ ތެރެއިން އެންމެ 35 ގޮނޑި އެވެ.
މި އިންތިހާބު ކުރިން ބާއްވަން ނިންމީ ސެޕްޓެމްބަރު މަހުގައި ކަމަށްވިޔަސް ކޮވިޑް-19 އާ ގުޅިގެން އެއް މަސް ދުވަހަށް ފަސްކުރި އެވެ.
މިއީ މިހާތަނަށް ނިއުޒިލެންޑްގެ އިންތިހާބެއްގައި އެއް ޕާޓީއަކުން މިހާ ބޮޑު މެޖޯރިޓީއެއް ހޯދި ފުރަތަމަ ފަހަރެވެ.
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
