ލެޕަރޮސްކޯޕިކް ސްކީވް ގޭސްޓްރެކްނޮމީ ނުވަތަ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ކުރިއަށް ދިޔަ މި އޮޕަރޭޝަން ކުރުމުުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސީނިއާ ކޮންސަލްޓެންޓް ސާޖަންއެއް ކަމަށްވާ ޑރ. ނިޝާން އެވެ. ޑރ. ނިޝާންއާއެކު ޑރ. މޫމިން، ޑރ. ދަމޯދަރް އަދި ޑރ. މައުރޫފް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި އޮޕަރޭޝަން ކުރަނީ މާބޮޑަށް ފަލަ މީހުން ބަރުދަން ލުއި ކުރަން އެހީތެރިވެދިނުމުގެ ގޮތުންނެވެ. އަދި މި އޮޕަރޭޝަނުގައި ބަނޑުގެ އެއްބައި ކަފާލުމަށްފަހު ނަގަ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުުގައި މިއީ ބަރުދަން ލުއިކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އޮޕަރޭޝަނެވެ. އަދި ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި އޭނާގެ ބަރުދަން 60-80 އިންސައްތައާއި ދެމެދުގެ އަދަދަކަށް ލުއި ވާނެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
