ކަސްޓަމްސްގެ އެއްވެސް މުހިއްމު ޑާޓާހުރި އެއްވެސް ފައިލެއް ގެއްލިފައިނުވާ ކަމަށް ބުނެފި އެވެ.
ކަސްޓަމްސްއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަސްޓަމްސްގެ ވާޗުއަލް މެޝިނެއްގައި މައްސަލަ ޖެހުނު ނަމަވެސް ގިނަ ޑާޓާތައް ރިކަވަ ކުރެވުނު ކަމަށެވެ. ނަމަވެސް ބައެއް ލޯކަލް ފައިލްތައް ގެއްލިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ގެއްލުނު ފައިލްތަކުގެ ތެރޭގައި އެއްވެސް މުހިއްމު ޑާޓާ ހުރި ފައިލެއް ނުހިމެނޭ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ގެއްލުނު ޑާޓާގެ އަސަރު ސާވާތަކަށް ނުކުރާނެ ކަމަށާއި ކަސްޓަމްސްގެ ޚިދުމަތްތަކަށް ބުރު ނާރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ކަސްޓަމްސްއިން މިހެން ބުނީ ކަސްޓަމްސްގެ މުހިއްމު ޑާޓާތަކެއް ޑިލީޓްވެފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓް ކުރުމާ ގުޅިގެނެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
