ފޮރިން މިނިސްޓްރީގައި ގާއިމުކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދު ބަލައިގަންނަން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ބުދަ ދުވަހަށް އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެ ކަމަށެވެ.
ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސިވިލާތުން ހުޅުވީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ." އެ މިނިސްޓްރީން ބުންޏެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ