ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަލުން ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.
މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވުމަށްފަހު މުހައްމާ ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ފޯމު ހަވާލުކުރައްވާފައެވެ.
މުހައްމާ އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރު ކޯލިޝަންގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ.
ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ދެވުނީތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ތަރައްގީގެ ފިކުރަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެނައުމަށްފަހު ނޫނީ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެެސް މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ޕީޕީއެމް ދޫކޮށް އެމްޑީޕީއާ ގުޅުނީ ޕީޕީއެމް ތެރޭގައި އޭރު އުފެދުނު މައްސަލަގަނޑުގެ ތެރޭގައެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި ވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ތިންވަނަ ދަރިފުޅަށް އޭން ހެތަވޭ ބަނޑު ބޮޑު!
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް

މާލިއްޔަތު ލޫޓުވުމުގެ ހުނަރާއި ލައިސަން ލިބިފައިވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަ ޒަމާނެއް !