ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ޕްރޮގްރާމަކީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ކމަށެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހު ފަށާ އެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އާންމު ދިރިއުޅުމަކަށް ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިގެން ކަމަށްވާތީ އަންނަ މަހުގެ ތެރޭގައި ގިނަ ބަޔަކަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ވަނީ އެސްޓްރާ ޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް ލިބިފައެވެ. އަދި ސިނޮފާމް ވެކްސިންގެ އިތުރު ހަތަރު ލައްކަ ޑޯޒް ދިނުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ވެކްސިންތަކާއެކު ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައި ވަނީ ހަ ސެންޓަރެއްގައެވެ.
މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 59 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!
