ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރެއް ކަމަށާއި އެހެންކަމުން އެކަމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މެދުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާޒިމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޕާޓީގެ ރައީސަކު ހުންނެވީތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގޮވާލުމަށް ގަރާރުގައި ހިމެނިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ގަރާރު ހުށަހެޅުއްވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.
ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވެސް ވަނީ އަލީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ އެ ޕާޓީގެ މެމްބަރަކަށްވާތީ، އެ ގަރާރާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވަންޖެހޭނެ ކަމަށެވެ.
ޓެރަރިޒަމްގެ އަމަލުތައް ކަންބޮޑުވާ ދަރަޖައަކަށް ރާއްޖޭގައި އޮތްކަން ފާހަގަކުރައްވައި ރައީސް ނަޝީދު މިރޭ ވިދާޅުވީ އެކަންކަން ހައްލު ނުކުރެވިއްޖެނަމަ ރާއްޖެ ނުރައްކާތެރި ހާލަތަކަށް ބަދަލުވެދާނެ ކަމަށެވެ.
ނަޝީދު ހުށަހެޅުއްވި ގަރާރު މިރޭ ފާސްވީ 147 މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
