ކާބުލް (09 ޖުލައި) - އަފްޣާނިސްތާނުގެ ބިމުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ލިބިފައިވާ ކަމަށް ސުންނީ މުސްލިމް ޖަމާއަތެއް ކަމަށްވާ ތާލިބާނުން ބުނެފި އެވެ.
ތާލިބާނުން އިތުރަށް ބުނާ އަފްޣާނިސްތާނުގެ 85 ޕަސެންޓްގެ ކޮންޓްރޯލް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މުހިއްމު ބައެއް ސަރަހައްދުތައް ވެސް ހިމެނޭ ކަމަށެވެ.
އެހެން ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ މި ދައުވާ ދޮގުކޮށް އެއީ ތާލިބާނުް ބައިނަލްއަގްވާމީ މަދަދު ހޯދުމަށް ކުރިއަށްގެންދާ ޕްރޮޕެގެންޑާއެއްގެ ދަށުން ކުރަމުންދާ ދައުވާއެއް ކަމަށް ބުނެފަ އެވެ.
އަފްޣާނިސްތާނުގެ އެތައް ސަތޭކަ ރެފިއުޖީން ބޯޑަރު ހުރަސްކޮށް އަވަށްޓެރި ތަޖިކިސްތާނާއި އިރާނަށް ހިޖުރަ ކުުރަމުން ދާތީ ރަޝިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ތާލިބާނުގެ ސަފީރުން މޮސްކޯއަށް މިހާރު ކުރަމުންދާ ދަތުރުގައި އެޖަމާއަތުން ވަނީ އަޕްޣާނިސްތާނުގެ ބިންތަކުގައި އައިއެސްއިން ބާރު ނުހިންގޭނެ ކަމުގެ ޔަގީންކަން ރަޝިއާގެ އޮފިޝަލުންނަށް ދީފަ އެވެ.
މީގެ އިތުރުން ސަރަހައްދީ ސަލާމަތާއި އަމާން ކަމަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ. – ރޮއިޓާސް
"މިނިސްޓަރަކަށް ހުންނަވައިގެން ފަރުމާކުރެއްވި މަޝްރޫއެއް ނެތް"
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު