މެކްސިކޯ (03 ޖުލައި) - މެކްސިކޯގެ ޔުކަޓާން ޕެނިންސިއުލާގެ ހުޅަނގުން ކަނޑުގެ ސަތަހައިގައި ރޯވި އަލިފާންގަނޑެއް މިހާރު ނިއްވާލާފައި ވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލަފާ ކުރެވޭ ގޮތުގައި މި އަލިފާން ގަނޑު ރޯވަން މެދުވެރި ވެފައިވަނީ އެސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ޕައިޕްލައިނަކުން ގޭސް ލީކުވެގެންނެވެ.
ގަދަ އޮރެންޖު ކުލައިން ފާހަގަވާ މި އަލިފާންގަނޑުގެ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ.
އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އަލިފާންގަނޑު ނިއްވާލުމަށްޓަކައި ފަސްގަޑި އިރަށްވުރެ ގިނަ ވަގުތު ހޭދަވި ކަމަށް މެކްސިކޯގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ ޕީމެކްސް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި މި ހާދިސާގެ އިތުރު ތަހުގީގުތައް ކުރިއަށް ދާނެ ކަމަށެވެ.
މި ކުންފުންޏަކީ މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި ހާދިސާތަކެއްގެ ރެކޯޑް އޮތް ކުންފުންޏެކެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!
"ލޮކް އަޕް"ގައި ވެސް ހީނާއާއި ޝިލްޕާގެ ވަރުގަދަ ކުރިމަތިލުމެއް!
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ