ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު 188،788 އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް އިތުރު 1،052 މީހުން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން ޖެހި 806 މީހުންނާއި، މާލެ ސަރަހައްދުން 246 މީހުންނެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 316،497 އަރާފައިވާ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 150 މީހަކު ޖަހައިފައިވާއިރު މާލެ ސަރަހައްދުން 86 މީހަކު ވެކްސިން ޖަހައިފައިވެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. މީގެ ތެރެއިން މިހާރު ޖަހަމުން އަންނަނީ ހަމައެކަނި ސިނޮފާމް ވެކްސިނެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
