ވޮޝިންޓަން (06 ޖޫން) - އެމެރިކާގެ މީޑިއާތަކަށް ލީކުވާ ސިޔާސީ އަދި ސިއްރު ޚަބަރުތައް ލީކުވިގޮތުގެ ތަހުގީގު ކުރުމަށް މީގެ ފަހުން އެ ޚަބަރެއް ކަވަރުކުރި ނޫސްވެރިއްގެ އީމެއިލްތަކާއި ފޯން ރިކޯޑްތައް ބެލުން ހުއްޓާލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
މިއުސޫލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ އުސޫލެއް ކަމަށް ބުނެ ގިނަ ނޫސްތަކުންނާއި ސިޔާސީ ފަރާތްތަކުން ވަނީ މީގެ ކުރިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގައި އަމަލު ކުރަން ފެށި އެ އުސޫލަކީ ގިނަ ދުވަސްތަކެއް ވަންދެން ބަދަލު ކުރަން ޖެހިފައި އޮތް އުސޫލެއް ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިހާރު ވެސް ޚަބަރު ލީކްވުމުގެ ހަތަރު ކޭސްއެއް އެމެރިކާގައި ތަހުގީގުކުރަމުން އަންނައިރު، ގެނެވުނު ބަދަލުތައް އެ ކޭސްތަކުގައި ހިމެނޭ ނޫސްވެރިންނަށް އަންގާފައިވާނެ ކަމަށް އެ ޑިޕާޓްމަންޓުން އިތުރަށް ބުންޏެވެ.
ލީކުވި ހަބަރުތަކާ ގުޅޭގޮތުން ކުރެވެމުންދާ ތަހުގީގުތަކުގައި ސީއެންއެންގެ ނޫސްވެރިއެއް ވެސް ހިމެނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ