ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ކުރި ޓުވީޓް ފޮހެލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓް ފޮހެލި ސަބަބު އޮޅުންފިލުވަން "ހުރިހާ" އިން ގުޅުން އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފް ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް ކުރި ޓުވީޓް ފޮހެލީ އެ ކުންފުނީގެ އިނގިރޭސިވިލާތުގެ ސިއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް އަންގައިގެންނެވެ.
އެމްއޭސީއެލް އިން ހިންގާ ދެ ޓުވިޓާ ހެންޑަލް @އެމްސީއެލްމީޑިއާ އެކައުންޓާއި @ވެލާނާއެއާޕޯޓު ޓުވިޓާ އެކައުންޓުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާ ހިލާފު އަދި ޓެރެރިސްޓު ހަމަލާ ކުށްވެރިކުރާ ބުނެ މިރޭ 7:03ގައި ޓުވީޓްކުރި އެވެ. ނަމަވެސް އެ ދެ ޓުވީޓް މިހާރު ފެންނާކަށް ނެތެވެ.
ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެމްއޭސީލް މިރޭ ފޮޓޯ ބަދަލުކުރުމަށްފަހު އަލުން ވަނީ ޓުވީޓްކޮށްފަ އެވެ. ނަމަވެސް ވެލާނާ އެއާޕޯޓުގެ ޓުވިޓާ ހެންޑަލް އިން އަދިވެސް އަލުން ޓުވީޓެއް ނުކުރެ އެވެ.
އެމްއޭސީއެލްގެ ޓުވީޓް ޑިލީޓްކުރިއިރު މާލޭގައި ޒުވާނުން އިސްނަގައިން ވަނީ ދިވެހިން ޕަލަސްތީނާ އެކު ތިބިކަން އަންގައިދޭން މިއަދު މާލޭ ސަރަހައްދުގައި ފަލަސްތީނުގެ ދިދަތައް ވިހުރުވާލައި ޝުއޫރު ފާޅުކޮށްފަ އެވެ.
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
		
					
					
					
					
					
					
					
					
					
					
					
ތަނެއްގައި ރޑ އެއް. ބޮޑު މުސާރަ ކައިގެން އަދި ވެސް ހުރީ ޗުއްޓީ ގައި
އިނގިރޭސި ކަލޭގެ ގައުމުން ބާލާ. 50000 ހާހަށް ވުރެ މަތިން ޑޮލަރުދީފަ ބަހައްޓާކަށް ނުޖެހޭ. ހޭބޯނާރާ މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން ދިން މުސާރައިގެ ބައި ނުލިބެނީ މިކަހަލަ ދެހަދަސުން ތާހިރުނުވާ ޔަހޫދީންނަށް ބަހާތީ. ޓްވީޓް ޑިލީޓް ކުރާކަށް ނުޖެހޭ. ކާކުދެކެ ބިރުން ފޮހެލީ؟؟؟ ވަރަށް ދަށުދަރަޖައިގެ އަމަލެއްތީ. ތީގެއިން ދައްކައިދެނީ ތިޓްވީޓް ޑިލީޓްކުރި މީހާއަށް ފަލަސްތީނަކީ ކޮންތަނެއްކަން ނޭނގޭކަން. ރޯނުފިލާ ހުރީމަ ވާނީއެހެން.އިންސާނިއްޔަތުކަމާއި އިސްލާމީ އަޚުވަންތަކަމުގެ ޒައްރެއްގެ މިންވަރު ވެސް
ޢިނގިރޭސި ވިލާތުން ހިންގާ ސަރުކާރެއްތަ މީ. ބިރުން ފަލަސްތީނައް ތާއީދްކުރަން ލިޔެފަ ހުރި ޓްވީޓް ފޮހެލީ
ގޯޑަން އެންޑްރޯ ސްޓެއާޓް