އިންޑިއާގެ އިދިކޮޅު އިއްތިހާދުގެ މުހިންމު ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު އިސް މެންބަރު ރާހުލް ގާންދީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފިޝަލް ރެސިޑެންސް ކުރިމަތީގައި ކުރިއަށްގެންދެވި އިހުތިޖާޖެއްގެ ތެރެއިން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގައުމީ ފެންވަރުގެ "ނީޓް" އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވި މައްސަލައިގައި ދަރިވަރުން ކުރި މުޒާހަރާތަކަށް ފުލުހުން އަނިޔާވެރިވި ކަމަށް ބުނެ، ނިއު ދިއްލީގެ ލޮކް ކަލްޔާން މާގްގައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖުގައި ރާހުލް ގާންދީއާއެކު އިދިކޮޅު ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރަހައްދު ދޫކޮށް ދިއުމަށް ދިއްލީ ފުލުހުން އެންގި އެންގުމަށް އިދިކޮޅު ލީޑަރުން ދެކޮޅު ހެއްދެވުމާ ގުޅިގެން، ފުލުހުން ވަނީ އެބޭފުޅުން ބާރުގެ ބޭނުންކޮށްގެން ނެރެ، ބަސްތަކަށް އަރުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާހުލް ގާންދީ ވަނީ ދަރިވަރުންގެ ހައްގުގައި ވަކާލާތުކުރުމުން ސަރުކާރުން އިސްނަގައިގެން ބާރުގެ ބޭނުންކުރާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ސަރުކާރުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި
ހަކުރު ބަލި: ނޭނގި ހުއްޓާ ދިރިއުޅުން ހަލާކު ކޮށްލާ ބައްޔެއް!
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި