އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު އިބްރާހީމް، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ކ. އާގެ، ތ. ތިމަރަފުށި، އަންވަރު އިބްރާހީމް (59އ) އެވެ.
ފުލުހުން ބުނި ގޮތުގައި އަންވަރު އިބްރާހީމް ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ. އަދި ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އަންވަރު އިބްރާހީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަންވަރަކީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް ވެސް މެއެވެ. އަދި އޭނާއަކީ އެމްޑީޕީގެ ގިނަ ޖަލްސާތަކާއި ހަރަކާތްތައް ހުށަހަޅައިދޭން ދިގު މުއްދަތަކަށް މަސައްކަތްކުރި މީހެކެވެ.
ދެ އަހަރާއި ބައިގެ ތެރޭގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފި
ސްކޫލުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީ ހަނު