ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔަ ހުޅުމާލޭ ކާމިލު ދީދީ ސްކޫލުގައި ހިންގި ހަމަނުޖެހުމުގައި އެ ސްކޫލުގެ ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި އެއްޗެއް ބުނަން އެ ޕާޓީގެ ލީޑަޝިޕުން ދެކޮޅުހަދައިފި އެވެ.
މި ހަމަނުޖެހުން ހިނގާފައި ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބުރައީސް ކަމުގެ މަގާމަށް ވާދަކުރި ކެންޑިޑޭޓުންގެ ވޯޓު ގުނުމުގެ މަސައްކަތް ކާމިލު ދީދީ ޕްރީސްކޫލުގައި ކުރިއަށް ދިޔަ ވަގުތުގަ އެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުވެ، އެއަށްފަހު ބޮޑު މާރާމާރީއަކަށް މިކަން ވަނީ ބަދަލުވެފަ އެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ސްކޫލުގެ ހޯލަށް ވަންނަން ހުންނަ ބިއްލޫރި ދޮރުތައް ތަޅައިލައި، އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުކޮށްލާފަ އެވެ. މީގެ އިތުރުން ސްކޫލުގެ ބައެއް ގޮނޑިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް މި ލިބުނު ގެއްލުންތަކުގެ ޒިންމާ ޕާޓީން އުފުލާނެތޯއާއި ސްކޫލު މަރާމާތު ކުރުމުގެ ޚަރަދު ދޭނެތޯ ސުވާލުކުރުމުން، ޕީއެންސީން އެއްވެސް ޖަވާބެއް ނުދެ އެވެ.
މާރާމާރީ ހިންގި މި ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ މަލްޝާ ޝަރީފެވެ. ފުލުހުން މިހާރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާއިރު، އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ވެސް މި ހަމަނުޖެހުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ.
ރާގަވްގެ ޕާޓީގައި އާރްޔަން ވަށާލައި ބޮޑު ހާޖާނު ގަނޑެއް!
ވިއެޓްނާމުގައި ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 މީހުން މަރު