ހަފުތާއެއް ތެރޭގައި އަލިފާނުގެ ހަތް ހާދިސާ ހިނގި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން އާއްްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 13 ހާދިސާއަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް)އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަލިފާނުގެ ހަތް ހާދިސާ
  • ތިން ހެޒްމެޓް އިންސިޑެންޓްސް
  • މީހުން ސަލާމަތްކުރުމުގެ އެއް ހާދިސާ
  • މެޑިކަލް އިމަޖެންސީގެ އެއް ހާދިސާ
  • އެހެނިހެން: އެއް ހާދިސާ

މީގެ ތެރެއިން 11 ހާދިސާއަކީ މާލެ އޭރިއާގައި ހިނގި ހާދިސާތަކެވެ.