ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ތައާރަފްކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު 'ޖެހީ ލިބުނީ' އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު 'ޕެނަލްޓީ ޝޯޑައުން' ގޭމް މެދުވެރިކޮށް އިތުރުކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ގޭމްގެ އެހީގައި ލީޑާބޯޑުގެ އެންމެ ކުރިއަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެ އެވެ.
'ޖެހީ ލިބުނީ'ގައި ބައިވެރިވުމަށް، ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ' ބެނާއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ އެވެ. އަދި އެއަށްފަހު އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑާބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބޭނެ އެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމް ކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެ އެވެ.
ޖެހީ ލިބުނީއަކީ ދިރާގުން މިހާރު ކުރިއަށްގެންދާ 'ފޯރިން ގުގުމާލާ' ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ. 'ފޯރިން ގުގުމާލާ' ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ.
މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
އުޒްބެކިސްތާން ބަލިކޮށް ކޮންގޯ ދެވަނަ ބުރަށް
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
ކޭންގެ ރެކޯޑާއެކު ޕެނަމާ އަތުން މޮޅުވެއްޖެ
