ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކަށް ލިމިޓް ދޫކުރަން ފަށައިފި އެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ، ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައިދިނުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެހީތެރިކަމާ އެކު މި ނިންމުން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ ކޭސްއެއް ވަކިން ބެލުމަށް ފަހު ވިސާ ފީ އަށް ލިމިޓް ދެމުން އައި ނަމަވެސް، މިހާރު ހުރިހާ ދަރިވަރުންނަށް ވެސް ބޭންކަށް އެދި ހުށަހެޅުމުން ލިމިޓް ހަމަޖައްސައިދޭނެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ހަރަދުތައް ދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް އަބަދުވެސް ލިބޭނެ އެވެ.
ހަޔާ އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، ސްޓައިޕެންޑާއި އެހެނިހެން ބޭނުންތަކަށް ރުފިޔާ އެކައުންޓުން ދަރިވަރުންގެ ބޭރު އެކައުންޓަށް ފައިސާ ފޮނުވޭނެ އިންތިޒާމު ވެސް ވަނީ ފަހިކޮށްދީފަ އެވެ. ބޭންކުން ބުނާ ގޮތުގައި މިއީ ކިޔެވުމާއި ދިރިއުޅުމުގެ ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފަ އެވެ.
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ބަރުދަން ލުއި ކުރުމަށްއުރެ އިތުރު ކުރަން ފަސޭހަ ވަނީ ކީއްވެ؟
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
