ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ސަންޓަރެއް ހުޅުވައިފި އެވެ.
މިއީ ފުވައްމުލަކު ސިޓީގައި ހުޅުވި 4 ވަނަ އޭޓީއެމް އެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އެ ސިޓީގައި ފެށި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކޮޅުތަކަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލަކު ސިޓީގެ އެއާޕޯޓް ސަރަހައްދުގައި އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް މިވަނީ އިފްތިތާހުކޮށްފަ އެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އާންމުން ބަލައިގެންފައިވާ މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ފައިސާ ޖަމާކުރުމާއި، ނެގުމާއި އަދި ޓްރާންސްފާ ކުރުމުގެ ފުރުސަތު އެ ސިޓީގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ލިބިގެންދާނެ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން ބޭންކާ ގުޅިގެން ވަނީ ބޮޑު މަޝްރޫއެއް ފަށާފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި މަޝްރޫއުގެ ދަށުން، އެންމެ 9 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް ވަނީ ނިންމާލާފަ އެވެ.
ނިމިދިޔަ ހަފްތާތަކުގެ ތެރޭގައި އެކަނިވެސް ބޭންކުން ވަނީ އިތުރު 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް ބަހައްޓައި، އަދި 6 ރަށެއްގައި ބީއެމްއެލްގެ އައު ބްރާންޗްތައް ހުޅުވާފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާބާދީގައި 2،000 އަށްވުރެ ގިނަ މީހުން އުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އެ ވައުދާ އެއްގޮތަށް އެންމެ 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓައި، މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
އެމްބާޕޭގެ ރެކޯޑް ލަނޑާއެކު ފްރާންސަށް މޮޅެއް