ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ ކަމަށާއި ރައީސަކާއެކު، ކޮރަޕްޓު މީހުން އުޅޭނަމަ ރައްޔިތުން އިތުބާރެއް ނުކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ފަރާތްތަކުގެ ނަޒާހަތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ސިޔާސީ މައިދާނުގައި އެމަނިކުފާނުގެ ހުރި ތަފާތަކީ ކޮރަޕްޝަނަށް ފުރުސަތު ނުދެއްވުން ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ވާހަކަދައްކަވަމުން، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައަށް ރައީސް ޔާމީން އިޝާރާތް ކުރެއްވި އެވެ.
"ރައީސް ޔާމީނާއެކު ނޫޅޭނެ ކޮރަޕްޓު މީހުނެއް އިނގޭތޯ. ބޮޑުވަރަކަށް ބުނަން އޮންނާނީ އަދީބުގެ ވާހަކަ. އެނގުނު ހިސާބުން ހަމަ ސައްޕު ޖެހީ ދެއްތޯ،" އަދީބުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލާފައި ވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭނާއަށް މައާފުދީ މިނިވަންކުރުމުން އެކަމަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މައްސަލައިގައި ރައީސް ސޯލިހު ކުރިން ވިދާޅުވެފައިވަނީ އަދީބު މިނިވަންކުރި ނަމަވެސް ދައުލަތުގެ ފައިސާ ހޯދަން މިހާރުގެ ސަރުކާރަށް ހުރަހެއް ނެތް ކަމަށެވެ.
ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަށައިގެން ވެސް ކޮރަޕްޓް ފަރާތްތައް އެބައުޅެއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިން އެފަދަ މީހުން ގާތްކުރަނީ އަމިއްލަ ސިޔާސީ ނުވަތަ މާލީ މަންފާއެއް ބޭނުންވާތީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިއެއްގެ ވަށައިގެން ތިބޭ އިސްވެރިންނަކީ ނާގާބިލު އަދި ކޮރަޕްޓް ބައެއް ނަމަ، ރައްޔިތުންނަށް ދޭ ހިދުމަތްތައް ބުރޫއަރާނެ އެވެ. އެފަދަ ހާލަތެއްގައި ރައްޔިތުން ވެރިކަމުގެ ނިޒާމަށް ކުރާ އިތުބާރު މުޅިން ގެއްލިގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަމީތާބު އެންމެ ދުވަހަކުން 12 ފިލްމުގެ މަސައްކަތް ނިންމާލައިފި
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުން ނިމުމަކަށް!
އަލީ ހާމަނާއީގެ ޖަނާޒާ ޖުލައި 4 ގައި ބާއްވަނީ