ހިލޭ ޓީވީގެ ނަމުގައި ރާއްޖޭގައި ޓީވީ ޗެނަލްތަކެއް ދައްކަމުންދިޔަ ވެބްސައިޓް ބްލޮކްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ހިލޭ ޓީވީގެ ނަމުގައި ހިންގަމުންދާ ވެބްސައިޓް ބްލޮކްކުރަން ސިވިލް ކޯޓަށް ހުށަހެޅީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާ ނެޓްގެ ފަރާތުންނެވެ. އަދި އެ މައްސަލަ ނިމެންދެން, އެ ވެބްސައިޓް ބްލޮކްކުރަން އަމުރުކޮށްދޭން މީޑިއާ ނެޓުން އެދުނެވެ.
ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އެ މައްސަލާގައި ފުރިހަމަވާތީ މައްސަލަ ނިމެންދެން ހިލޭ ޓީވީގެ ވެބްސައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތަށް ބްލޮކްކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަންގާ ކަމަށެވެ.
މީޑިއާ ނެޓުން އެ މައްސަލަ ކޯޓަށް ހުށަހެޅީ ކޮޕީ ރައިޓާ ބެހޭ ގާނޫނުގެ ދަށުންނެވެ.
އެ މައްސަލަ ހުށަހެޅީ މީޑިއާ ނެޓުން ރައިޓްސް ގަނެފައިވާ އޮއްވާ އެހެން ފަރާތްތަކުން ލައިސަންސް ނެގި ޗެނަލްތަކާއި ވޯލްޑްކަޕްގެ މެޗްތައް ދައްކައިފިނަމަ އެއީ މީޑިއާ ނެޓްގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށް ބުނެ އެވެ.
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި
ޒުވާން ކޮށްދޭ ބޭސް ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް!