އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމް، މިއަދު ހަވީރު ކުރުމަށް ތާވަލުކޮށްފި އެވެ.
މީގެކުރިން ޝައްމާންގެ ފަރާތުން އެދިގެން ފަސްކޮށްފައިވާ މި ބޮޑު މައްސަލައިގެ ނިޔާ ކަނޑައެޅުން، މިއަދު ހަވީރު 4:00 އަށް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ބިދޭސީންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ނެގި ކަމުގެ ތުހުމަތުގައި، މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކުރި ޝައްމާންގެ މައްޗަށް ދައުލަތުން ތިން ބޮޑު ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އެވެ. ނަމަވެސް އޭނާ ވަނީ ފެށުނީއްސުރެ މި ހުރިހާ ދައުވާތަކަށް ފުރިހަމައަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަންދެން 'ވާނުވާ' ބަންދެއްގައި ބެހެއްޓުމަށްފަހު، މިދިޔަ ޑިސެންބަރު 25 ގައި ކޯޓުން އޭނާ ބަންދުން ދޫކޮށްލި އެވެ.
އިމިގްރޭޝަން ގެ ކޮންޓްރޯލާ ކަމުން ވަކިކޮށް މިދިޔަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ޝައްމާން ހައްޔަރު ކުރީ ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގައި ހިމެނޭ އޮފިސަރުން ފިޔަވައި އިމިގްރޭޝަންގެ އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އެ ފައިސާ ޝައްމާން ގެ ގެއަށް ގެންދިޔަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަ އަލާމާތްތައް!
ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި