ހޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެހާމެ މަޤްބޫލު އެކްޓަރު ޓޮމް ހާޑީއަކީ އޭނާ ކުޅޭ ކެރެކްޓާތަކަށް މުޅިން ހުސްވާ ފެންވަރުގެ "މެތަޑް އެކްޓަރެއް" ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ.
ނަމަވެސް، މަޝްހޫރު ކްރައިމް ތުރިލާ ފިލްމު "މޮބްލޭންޑް"ގެ ލީޑް ރޯލުން އޭނާ ކުއްލިއަކަށް ވަކިކުރި ހަބަރާއެކު، ސެޓުގައި ކަންތައް ތަކެއް ގޯސް ވެއްޖެކަން ފޭނުންނަށް މާ ކުރިން ވެސް އޮތީ ރޭކާލާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ޓޮމް ހާޑީ އަކީ ފިލްމުގެ ސްކްރިޕްޓަށާއި އޭނާގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަން އުޅުނު އެކްޓަރެކެވެ. ފިލްމުގެ ޑައިރެކްޓަރު ނިކޮލަސް މަގްޖިއޯ ބޭނުންވި ގޮތާއި، ޓޮމް ހާޑީ އެ މަންޒަރުތައް ކުޅެން ބޭނުންވި ގޮތް މުޅިން ތަފާތު ވުމުގެ ސަބަބުން ސެޓުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޮޑެތި ބަހުސްތައް ހިނގަން ފެށި އެވެ.
އެއާއެކު ފިލްމުގެ ކާސްޓާއި ކްރޫއިންނާ ހަވާލާދީ ހޮލީވުޑްގެ މީޑިއާތަކުން ބުނެފައިވަނީ، ޓޮމް ހާޑީގެ "ރުޅިގަދަ" މިޒާޖުގެ ސަބަބުން ސެޓުގައި މަސައްކަތްކުރާ އެހެން މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެގޮތުން އޭނާއާއެކު މަންޒަރުތައް ކުޅެން ޖެހޭ އެހެން ތަރިންނަށްވެސް އޭނާގެ މި ސިފައާ ހުރެ އުނދަގޫތަކެއްވެ، ފިލްމުގެ ޝޫޓިންގް ތާވަލަށްވުރެ މާ ބޮޑަށް ލަސްވާން ފެށި އެވެ.
"ޓޮމް އަކީ މޮޅު އެކްޓަރެއް، އެކަމަކު ބައެއް ފަހަރު އޭނާގެ ޕްރޮފެޝަނަލް ނޫން އަމަލުތަކުގެ ސަބަބުން މުޅި ޓީމުގެ މަސައްކަތް ހުއްޓުމަކަށް އާދޭ. ފިލްމުގެ ބަޖެޓަށް މީގެއިން ކުރާ އަސަރު ބޮޑުވުމުން އޭނާ ވަކިކުރުން ނޫން ގޮތެއް ޕްރޮޑިއުސަރުންނަކަށް ނެތް،" ސެޓުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ޓޮމް ހާޑީ ފިލްމުން ވަކިކުރުމަށްފަހު، ޕްރޮޑިއުސަރުން ވަނީ ވަރަށް އަވަސް ނިންމުމެއް ނިންމައި، އެ ރޯލަށް ހޮލީވުޑްގެ އެކްޓަރު ޖޯން ޓްރެވޮލްޓާ ހަމަޖައްސާފަ އެވެ.
ޖޯން ޓްރެވޮލްޓާ ވަނީ ފިލްމުގައި 'ޝެރިފް ބޯޑީ ޑޭވިސް'ގެ ރޯލު ވަރަށް ފުރިހަމައަށް ކުޅެދީ، ފިލްމުގެ ޓީމަށް ބޮޑު ހިތްހަމަ ޖެހުމެއް ހޯދައިދީފަ އެވެ.
ކްރިޓިކުން ބުނާ ގޮތުގައި ޓޮމް ހާޑީ ފިލްމުން ވަކިކުރުމަކީ އޭނާގެ ކެރިއަރަށް ލިބުނު ކުޑަ ހީނަރުކަމެއް ނަމަވެސް، މިއީ ހޮލީވުޑްގެ ސެޓުތަކުގައި "ބޮޑާކަން" ދައްކާ ތަރިންނަށް ލިބުނު ވަރުގަދަ މެސެޖެކެވެ. ކިތަންމެ މޮޅު ތަރިއަކުވެސް ފިލްމަށްވުރެ ބޮޑުނުވާނެކަން "މޮބްލޭންޑް"ގެ ޓީމުން މިވަނީ ސާބިތު ކޮށްދީފަ އެވެ.
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން 4 ފިޔަވަޅެއް!
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް