ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯޓް ކައިވެނި ކޮށްފައިވާ ކަމަށް ބުނާ އަޑުތައް އަނެއްކާ ވެސް އިންޑިއާގެ މީޑިއާގައި ގަދަ ވެއްޖެ އެވެ.
މި އަޑުތައް ގަދަވެފައިވަނީ އޭނާގެ ކަރުގައި މަންގަލްސޫތުރާ (ހިންދޫންގެ ކައިވެނީގެ ނިޝާނެއް) އަޅައިގެން އާންމު ތަނަކުން ފެނުމުންނެވެ.
އެއާއެކު ކަންގަނާ ކައިވެނިކުރީތޯ ނުވަތަ އެއީ އޭނާގެ ކުރިއަށް އޮތް ފިލްމެއްގެ ޝޫޓިންގް އަކަށް ކުރި ކަމެއްތޯ ފޭނުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އާއްމުވި ފޮޓޯ ތަކުން ކަންގަނާ ފެނިގެންދަނީ ވަރަށް ރީތިކޮށް ޒީނަތްތެރި ވެގެން، ކަރުގައި މަންގަލްސޫތުރާ އަޅައިގެން ހުއްޓަ އެވެ. މިއީ އާއްމުކޮށް ކައިވެނިކޮށްފައިވާ އިންޑިއާގެ އަންހެނުން އަޅާ ހާއްސަ ޒީނަތެކެވެ. މިއާއެކު ފޭނުންގެ ތެރޭގައި އެންމެ ބޮޑު ސުވާލަކަށްވީ، "ކަންގަނާގެ ހަޔާތުގެ ބައިވެރިޔާއަކީ ކާކުބާ؟" މި ސުވާލެވެ.
އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ދަނީ ކަންގަނާގެ މި 'ލުކް' އާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. ބައެއް ފަރާތްތަކުން އޭނާއަށް މަރުހަބާ ކިޔަމުންދާ އިރު، އަނެއް ބަޔަކު ޤަބޫލުކުރަނީ މިއީ އޭނާގެ ފިލްމެއްގެ ކެރެކްޓަރެއްގެ ލުކް ކަމަށެވެ.
؟ކަންގަނާއަކީ އަބަދުވެސް ތަފާތު ފިލްމުތަކުން ފެނިގެންދާ، އަދި ކެރެކްޓާތަކަށް ވަރަށް ބޮޑަށް ބަދަލުވާ ތަ ރިއެކެވެ. އެހެންކަމުން، މިއީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނާ ގޮތުގައި، ކަންގަނާ ކައިވެނި ކުރި ނަމަ، އެކަން އޭނާ ފޮރުވުމަކީ ދުރު ކަމެކެވެ. އެހެންކަމުން މިއީ ކޮންމެވެސް އައު ފިލްމެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ބުރަވެ އެވެ.
ކަންގަނާގެ މި ފޮޓޯތަކުގެ އަސްލު ހަގީގަތް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް، ކަންގަނާ އަޅާ ކޮންމެ އެއްޗަކާއި އޭނާގެ ކޮންމެ ހަރަކާތަކީ ވެސް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ ކަމެއްކަން މިކަމުން ވެސް އެނގެ އެވެ.
"އާންމު މެންބަރުން މީހެއްގެ ކައިރިން މައާފަށް އެދެން ނުޖެހޭ"
މަކުނުދޫ ވާފިރުގެ ހަކީމީ ބޭސްކުރުމުގެ ދިގު ދިގު ދަތުރު
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު