އެމެރިކާގެ ރައީސްއަށް ލިބިދޭ ހަނގުރާމައިގެ ބާރުތައް ހަނިކުރުމާ ގުޅޭ ގަރާރެއް ކުރިއަށް ގެންދަން އެމެރިކާގެ ސެނެޓުން ވޯޓު ދީފި އެވެ.
މިއީ އެމެރިކާގެ އަސްކަރީ ނިންމުންތަކުގައި ރައީސަށް އޮންނަ ބާރުތައް ކޮންޓްރޯލްކޮށް، ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި ނިންމުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑުކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ. މި ގަރާރުގެ މައިގަނޑު އަމާޒަކީ އީރާނާއެކު ހިނގަމުންދާ އަސްކަރީ ނުތަނަވަސްކަމުގައި، ކޮންގްރެސްގެ ސީދާ ހުއްދައެއް ނެތި ރައީސް ޓްރަމްޕަށް ހަނގުރާމައެއް ފެށުމުގެ ފުރުސަތު ހަނިކުރުމެވެ.
ސެނެޓުގައި މި ގަރާރު ކުރިއަަށް ގެންދަން 50 މެންބަރުންގެ ވޯޓު ލިބުނުއިރު، މީގެ ތެރޭގައި ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވެސް ހިމެނެ އެވެ.
މި ނިންމުމަކީ ހަނގުރާމައަށް ސިފައިން ފޮނުވުމުގެ ބާރު އޮންނަންޖެހޭނީ ހަމައެކަނި ރައީސްގެ އަތްޕުޅުގައި ނޫންކަމާއި، އެއީ ކޮންގްރެސްގެ ބައިވެރިވުން އޮންނަންޖެހޭ ކަމެއް ކަމަށް ވަކާލާތުކުރާ ފަރާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ސެނެޓުން މި ގަރާރު ފާސްވި ނަމަވެސް، ދެން އޮތީ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ މަރުހަލާ އެވެ. ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވޭއިރު، އެކަން ހުއްޓުވުމަށް ދެ މަޖިލީހުގެ ވަރުގަދަ އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ.
މި ގަރާރު ހުށަހެޅުއްވި ސެނެޓަރު ޓިމް ކެއިން ފާހަގަކުރެއްވި ގޮތުގައި، އީރާނުން ވަނީ ދާއިމީ ސުލްހައަކަށް މަގުފަހިވާނެ އައު ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް ރައީސް ޓްރަމްޕް އެކަންކަން ކޮންގްރެސްއާ ހިއްސާނުކުރައްވައި، އަސްކަރީ ކުރިމަތިލުމަކަށް ބުރަވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ގޮހޮރުގެ ސިއްހަތަށް ގެއްލުންދޭ އާއްމު 8 އާދައެއް!
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި