މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިން ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް މިއަދު ދީފި އެވެ. މި ހުއްދަ ދީފައިވަނީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން މޯލްޑިވްސް ޕްރީމިއާ ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ލައިސަންސް ދިނުމާއެކު، އެ ބޭންކަށް ރާއްޖޭގައި ބޭންކިން ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގާނޫނީ ހުއްދަ މިވަނީ ލިބިފަ އެވެ.
މޯލްޑިވްސް ޕްރީމިއާ ބޭންކުގެ މެނޭޖްމަންޓުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ވިޔަފާރި އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން ޖަނާހު ހިމެނިވަޑައިގަންނަވަ އެވެ.
މި ބޭންކަށް ލައިސަންސް ދިނުމާއެކު، ރާއްޖޭގައި މިހާރު ބޭންކިންގ ހިދުމަތް ދެމުންދާ ބޭންކުތަކުގެ ޖުމްލަ އަދަދު ވަނީ 9 އަކަށް އަރާފަ އެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ، ވާދަވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.
އިޝާންއަށް އިންޑިއާގެ އަސްކަރީ ޝަރަފެއް
ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ މުސްތަގްބަލް އޮތީ ކިހިނެއް؟

ވަރަށް ރަނގަޅު ނިންމުމެއް އަދި ރައްޔިތުންނަށް ނުހަނު ފައިދާ ކުރަނިވިކަމެއް
ރިޕްލައި