ނަފްސާނީ ގޮތުން ދިމާވާ ކަންބޮޑުވުމެއް ނުވަތަ ހާސްކަމެއްގެ ސަބަބުން ބަނޑުހައި ނުވި ނަމަވެސް ކާހިތްވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. މީގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.
ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިގޮތަށް ކާހިތްވާ ވަގުތުތަކުގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ވަރަށް ފަސޭހަ ދެތިން ކަމެއްވެ އެވެ.
1. "ބަނޑުހައިވުން" އަދި "އިމޯޝަނަލް ހަންގާ" ވަކިކުރަން ދަސްކުރުން
ކުއްލިއަކަށް ކޮންމެވެސް އެއްޗެއް (މާ ބޮޑަށް ފޮނި ނުވަތަ ތެޔޮ އެއްޗެއް) ކާހިތްވަނީ ހަގީގަތުގައި ބަނޑުހައިވެގެންތޯ ނުވަތަ ސްޓްރެސްގެ ސަބަބުންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ.
- ހަގީގީ ބަނޑުހައިވުން: މިއީ މަޑުމަޑުން އަންނަ، އަދި ކޮންމެ ކާއެއްޗަކުންވެސް ފިލާނެ އިހުސާސެކެވެ.
- އިމޯޝަނަލް ހަންގާ: މިއީ ކުއްލިއަކަށް އަންނަ، އަދި ވަކި ހާއްސަ އެއްޗެއް ކާން ބޭނުންވާ އިހުސާސެކެވެ. މިފަދަ ވަގުތެއްގައި ކެއުމުގެ ކުރިން 10 މިނެޓު މަޑުކޮށްލުމުން އެ އިހުސާސް ކުޑަވެގެންދެ އެވެ.
2. ފެން ބުއިމާއި ޕްރޮޓީން ބޭނުންކުރުން
ގިނަ ފަހަރަށް ހަށިގަނޑުން ފެން މަދުވުމުން ބަނޑުހައިވާ ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. އެހެންކަމުން، ކާހިތްވާ ކޮންމެ ވަގުތަކު ފުރަތަމަ ތަށި ފެން ބޯލުމަށް އާދަކުރާށެވެ. އަދި ކެއުމުގައި ޕްރޮޓީން ގިނަ އެއްޗެހި ހިމެނުމުން، ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ގިނަ ވަގުތު ދެމިހުރެ އެވެ.
3. ކެއުމުގެ ބަދަލުގައި އެހެން ކަމަކުން ހިތްހަމަޖެހުން ހޯދުން
ސްޓްރެސްވާ ވަގުތު ކެއުމަށް ބަރޯސާވުމުގެ ބަދަލުގައި، ހަށިގަނޑަށް ފައިދާހުރި އެހެން ކަމެއް ކުރާށެވެ. މިސާލަކަށް:
- 5 މިނެޓު ވަންދެން ފުންކޮށް ނޭވާލުން.
- ކުޑަކޮށް ހިނގާލަން ދިއުން.
- ލަވަލަވަ އަޑުއެހުން ނުވަތަ ގާތް މީހަކާ ވާހަކަދައްކާލުން.
މި އާދަތައް ދަސްކުރުމުން ކެއުމާ މެދު އޮންނަ ގުޅުން ރަނގަޅުވެ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭނެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ހުށަހަަޅައިފި
30 މުވައްޒަފުންނާއެކު ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
މެކްރޮންއާއި ފްރާންސްގެ އެކްޓްރެސްއަކާ ގުޅުމެއްގެ ބޭއްވި ތުހުމަތު