އަޅުގަނޑުމެންގެ އަތުން ދޫކޮށް ނުލައި ރެއާދުވާލު ބޭނުންކުރާ ފޯނަކީ ހަގީގަތުގައި ކިހާ ސާފު އެއްޗެއްތޯ ދުވަހަކުވެސް ސުވާލު ކޮށްލިން ހެއްޔެވެ؟
ދާދި ފަހުން ޑޮކްޓަރަކު ހާމަކުރެއްވި މައުލޫމާތުތަކަކުން އެނގޭ ގޮތުގައި ފޯނު ސްކްރީނަކީ އާންމުކޮށް މީހުން ބޭނުންކުރާ ދޮރުގެ އަތްގަނޑަކަށްވުރެ ވެސް ބޮޑަށް ޖަރާސީމުން ތަޣައްޔަރު ވެފައިވާ އެއްޗެކެވެ.
ދޮރުގެ އަތްގަނޑަށްވުރެ ނުރައްކާތެރި
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، އާންމު ތަންތަނުގައި ހުންނަ ދޮރުގެ އަތްގަނޑުތަކަށްވުރެ ފޯނުގެ ސްކްރީނުގައި ހުންނަ ޖަރާސީމުގެ މިންވަރު އެތައް ގުނައެއް އިތުރެވެ.
މީގެ މައިގަނޑު ސަބަބަކީ ފޯނަކީ އަބަދުވެސް ހޫނުކޮށް ހުންނަ އެއްޗަކަށް ވުމުން، ޖަރާސީމުތައް އާލާވުމަށް އެއީ އެންމެ އެކަށީގެންވާ މާހައުލަކަށް ވުމެވެ.
ފޯނު މިހާ ހަޑިވަނީ ކީއްވެ؟
ފޯނު ތަޣައްޔަރުވާން މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- ކޮންމެ ތަނަކަށްވެސް ގެންދިއުން: ކާބޯތަކެތި ކާ ވަގުތުގައާއި، ކާރުގައާއި، އަދި ފާޚާނާއަށް ދާއިރުވެސް ފޯނު ގެންދިއުމަކީ ގިނަ ބައެއްގެ އާދައެ ކެވެ.
- އަތް ނުދޮވުން: ތަފާތު އެކި ތަންތަނުގައި އަތްލުމަށްފަހު އަތް ނުދޮވެ ފޯނު ބޭނުންކުރުމުން، އަތުގައި ހުންނަ ހުރިހާ ޖަރާސީމެއް ފޯނަށް ބަދަލުވެ އެވެ.
- ފޯނު ސާފުނުކުރުން: އަތް ދޮވުނު ކަމުގައިވިޔަސް، ގިނަ މީހުންނަކީ ފޯނުގެ ސްކްރީން ދުވަހަކުވެސް ސާފުކުރާ ބައެއް ނޫނެވެ.ސިއްހީ ނުރައްކާތައް ފޯނުގައި ހުންނަ މި ޖަރާސީމުތަކުގެ ސަބަބުން ހަމުގެ ބަލިތައް، ޚާއްސަކޮށް މޫނުގައި އޮށާޅަ ނެގުމާއި އިންފެކްޝަންތައް ޖެހުމަށް މަގުފަހިވެ އެވެ. ފޯނުން ވާހަކަދައްކާއިރު ސްކްރީން ކަންފަތާއި މޫނުގައި ޖެހުމުން، މި ޖަރާސީމުތައް ސީދާ ހަށިގަނޑަށް ދަތުރުކުރެ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- ފާޚާނާއަށް ފޯނު ނުވެއްދުން: މިއީ ފޯނަށް އެންމެ ގިނައިން ޖަރާސީމު އަރާ އެއް ތަނެވެ.
- ސްކްރީން ސާފުކުރުން: މަދުވެގެން ދުވާލަކު އެއްފަހަރު "އަލްކަހޯލް ވައިޕްސް" ނުވަތަ މަޑު ފޮތިކޮޅެއް ބޭނުންކޮށްގެން ފޯނު ސާފުކުރާށެވެ.
- އަތް ދޮވުން: ފޯނު ބޭނުންކުރުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް ސަމާލުކަން ދޭށެވެ.
އަޅުގަނޑުމެންގެ ސިއްހަތަށްޓަކައި، އަތް ދޮވުމުގެ އާދަ ހުންނަ ފަދައިން ފޯނު ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އިންތިހާބުން ބަލިވުމުން އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި
މޯނީއާއި ސޫރަޖް ވަރިއެއްގެ މިސްރާބަށް؟