މޫސުން ގޯސްވެ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެދިއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެވެ. މިއާއެކު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފަ އެވެ.
އެ އޮތޯރިޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމުން ދުރާލާ ތައްޔާރުވެ، ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި:
- ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން
- އިމާރާތްތަކުގެ ތެރޭގައި ތިބުން- ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްތަކުގެ ދަށުގައި ނުތިބުން
- އިލެކްޓްރޯނިކް ތަކެތިން ކަރަންޓު ކަނޑާލުން ފަދަ ކަންކަމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން
- ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން
ބޯކޮން ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މިހާރު ވަނީ މާލޭގައި ހަރަކާތްތެރިވާން ފަށާފަ އެވެ.
މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެ އެވެ. އަދި ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
ގަދަ ހޫނުގެ ސަބަބުން ހޯމޯންތަކަށް ބަދަލު އާދޭތަ؟
ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި