ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން ކުރިއަށްގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް. މީޑިއާތައް ކޮންޓްރޯލް ކުރަން އުފައްދާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން އަންގައިފި އެވެ.
އެ ކޮމިޝަނުން ޗެނަލް 13 އަށް މި ގޮތަށް އެންގީ ބަލަމުންދާ މައްްސަލައަކާ ގުޅިގެންނެެވެ. އެއީ ކޮން މައްސަލައެއްކަން މިހާތަނަށް އެނގިފައި ނުވި ނަމަވެސް އެ މައްސަލައާ މެދު ވަކި ގޮތެއް ނިންމަންދެން މުޒާހަރާގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް އެ ޗެނަލަށް ވަނީ އަންގާފަ އެވެ.
ސަރުކާރުގެ މެޖޯރިޓީގައި ކުރިން ހިންގި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އެފަދަ އެންގުންތައް އެ ޗެނަލަށް އަންގާފައިވެ އެވެ.
މަޖީދީ މަގު ކޮޅުގައި އާޓިފިޝަލް ބީޗު ކުރިމަތީގައި ކޮންމެ ރެއަކު ޕީއެންއެފް އިން މުޒާހަރާ ކުރެ އެވެ. އެ މުޒާހަރާގައި ބޭނުންކުރި އެލް ސޯފާއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މިކަމާ ގުޅިގެން އެ ކޮމިޝަނުން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ފުނަގަސް ކަނޑަން ޖެހޭތީ ވިލިމާލެ އެއް ޓަވަރު އެހެން ތަނަކަށް
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
