ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ބިހުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެއްޖެ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި މިހާރު އެކުންފުނިން ބިސް ކޭހެއް ވިއްކަމުން އަންނަނީ 100 ރުފިޔާ އަށެވެ. ކުރިން ވިއްކަމުން އައީ 255 ރުފިޔާއަށް ކަމަށް އެކުންފުނިން ހާމަކުރޭ އެވެ.
އެސްޓިއޯއިން މިރޯދަ މަހާއި ދިމާކޮށް މީގެ ކުރިން ވަނީ ފިޔާވެސް އަގު ހެޔޮކޮށްފަ އެވެ. އެގޮތުން މިހާރު ފިޔާ ބަސްތާއެއް ވިއްކަމުން އަންނަނީ 100 ރުފިޔާ އަށް ކަމަށާއި ފިޔާ ކިލޯއެއް 4.50 ރުފިޔާ އަށެވެ.
އެއެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެ އެވެ. އަދި ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!
