މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭ ކަސްޓޯޑިއަލްގެ ބަންދު ގޮޅީގައި ބަންދުގައި ހުރި މީހަކު ވެއްޓިފައިއޮއްވާ ފެނިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ، އަހްމަދު ނަވްޝާދު، 41 އެވެ.
މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕްލާސްޓިކް ސާޖަރީގެ އަޑުތަކަށް މޯނީ ދިން ރައްދު!
ރައީސް މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ޒަމީރު ވިދާޅުވެއްޖެ
ޓްރަމްޕް އަނެއްކާވެސް ނަތަންޔާހޫއަށް އިންޒާރުދެއްވައިފި
