ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ލޯބި ހޯދާފައިވާ އެއް ޖޯޑެވެ.
އެ މީހުންނަކީ އެމީހުންގެ ދިރިއުޅުމާ ބެހޭ އެކި ކަންކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ބައެކެވެ. އެެގޮތުން މިހާރު އެމީހުން އަންނަނީ އެމީހުންގެ ކައިވެނީގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންނެވެ.
އެ މުނާސަބަތު ފާހަގަ ކުރުމަށްޓަކައި ރަންބީރާއި އާލިއާ އެމީހުންގެ ދަރިފުޅު ރަހާއާއެކު ސްވިޓްޒަލޭންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އާލިއާ ވަނީ އެމީހުންގެ ޗުއްޓީގެ ބައެއް އުސްއަލިތައް ސޯޝަލް މީޑިއާގައިހިއްސާކޮށްފަ އެވެ.
އަހަރީ ދުވަހާ ދިމާކޮށް އިންސްޓަގްރާމްގައި އާލިއާ ކޮށްފައިވާ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެކި ކަންކަމުގެ ތެރެއިން އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމެއް އެމީހުންނަށް ހާސިލް ކުރެވިފައިވާ ކަމަށެވެ.
"ރެއާދުވާލު ވަނީ ތިބާއާއެކުގައި" ރަންބީރަށް މުހާތަބުކޮށް އާލިއާ އޭނާގެ ޕޯސްޓު ކުރުކޮށްލަމުން ބުނެފައިވެ އެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރަންބީރާއި އާލިއާ ކައިވެނި ކުރިއިރު އެދެމީހުންގެ ރަހާ ލިބިފައިވަނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެންމެފަހުން މަގުމަތިވެއްޖެ
ކޮކާކޯލާއިން މި ބޭނުންތައް ކުރެވޭކަން އެނގޭތަ؟