ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އަންނަ މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރީ ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ އުސޫލަށް ބައެއް އިސްލާހުތައް ގެންނާތީ ކަމަށެވެ.
މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ހާއްސަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫއުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅަން ހާއްސަ ކެޓަގަރީއެއް ވެސް ކަނޑައަޅާފައިވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅަން ހާއްސަ ކެޓަގަރީއެއް ކަނޑައެޅިއެވެ.
މީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލާއި "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލުގައި ހިމެނޭ ކެޓަގަރީތަކުން ވެސް ފޯމު ހުށަހެޅޭނެ އެވެ.
"ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ އެކެއްގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ލިބެ އެވެ.
މީގެއިތުރުން ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ގޯތިގެދޮރު ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ވެސް، އަންނަ މެއި މަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރަން ފަށަނީ
ސޮނޭވާ ޖާނީ ރިސޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް
