ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިންކަން އެނގިއްޖެ އެވެ.
އެނގިފައިވާގޮތުގައި މަޖީދީމަގު ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގެ ތިޖޫރީން އެ ފައިސާ ވަގަށް ނެގީ މަނިކު ސޭޓްގެ އާއިލާ މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގަ އެވެ.
އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ އެންމެ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ، އިސްމާއިލް އާސިފަކީ މަނިކު ސޭޓުގެ އާއިލާ މީހެކެވެ. އެ ފައިސާ ވަގަށް ނެގީ އޭނާ އިސްވެ ހުރެ ކަމަށް ވަނީ ބެލެވިފަ އެވެ.
އާސިފްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
- މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
- މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ.މީދޫއަހް
- މަދު ފާރިސް، 39، މ. އޭސިއާ
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގީ މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރަން ފަށަނީ
ސޮނޭވާ ޖާނީ ރިސޯޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް
