ސޮނެވާ ޖާނީ ރިސޯޓުގެ "ގެދަރިން" އިމާރާތުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް އިއްޔެ 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރު އެވެ.
މި ހާދިސާގައި އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް ގެއަށް
"މުއިއްޒު ލަންކާއަށް ވަޑައިގަންނަވައޭ ބުނަނީ ލަންކާގެ ނޫސްތަކުން"
ޑެންގީގައި ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ