އެމްޑީޕީން މިރޭ ބޭއްްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ މަޖިލީހުގެ މެންބަރުކަން ދިނުމަށް ފާސްކޮށްފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ހުށަހެޅި ގަރާރުގައި ވަނީ ކުރީގެ ރައީސުންގެ ހައިސިއްޔަތުން ނަޝީދާއި މިހާރު ވެސް އެޑްވައިޒަރެއްގެ ގޮތުގައި ގައުމީ މަޖިލީހުގައި އިންނަވާ އިބްރާހީމް މުހައްމަދު ސޯލިހު އެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހަށް ހާޒިރުވި 62 މެންބަރުންގެ ތެރެއިން އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ޗެއާޕާސަންއަށް ލަފާ ދޭން ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.
އެ ކޮމިޓީގެ މެންބަރުންނަކީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- އެމްޑީޕީގެ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ
- އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
- އެމްޑީޕީ ޕީޖީ ލީޑަރު، އިބްރާހިމް ނާޒިލް
- ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް
މިއީ އެމްޑީޕީގެ ލީޑަރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރުމަށް އެންމެންގެ މަޝްވަރާއާއެކު ގެނައި ބަދަލެކެވެ.
ޣަފޫރުގެ މައްސަލަ އަނބުރާ ގެންގޮސް އެމްޑީޕީގެ މައްސަލައަށް ނިމުން
އެމްޑީޕީއަށް އެކީގައި މަސައްކަތް ކުރެވޭނެ މަގެއް ހޯދިއްޖެ: ސޯލިހު
މަޝްވަރާތަކަށް އީރާނުގެ އިސް ވަފުދު ޕާކިސްތާނަށް
