އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، މަޝްވަރާތައް ނާޒުކު ފައްތަރަކަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މި މަޝްވަރާތަކަކީ ސީދާކޮށް ކުރިއަށްދާނެ މަޝްވަރާތަކެއް ކަމެއް ނުވަތަ މެދުވެރިއެއް މެދުވެރިކޮށް ކުރިއަށްގެންދާނެ ވާހަކަތަކެއް ކަން އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު އެމެރިކާއަކީ އިތުބާރު ކުރެވޭނެ ގައުމެއް ނޫނެވެ. އެމެރިކާއިން އެކި އެއްބަސްވުންތަކާ ހިލާފުވެފައިވަނީ ހަމައެކަނި އީރާނާ އެކު ނޫން ކަމަށާއި، ޑިޕްލޮމެޓިކް ދާއިރާގައި އެމެރިކާއަކީ އާންމުކޮށް އެއްބަސްވުންތަކާ ހިލާފުވާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެއް ކަމަށް އީރާނުން ފާހަގަކުރެ އެވެ.
އީރާނުގެ އޮފިޝަލުން ތުހުމަތު ކުރައްވާ ގޮތުގައި، އެމެރިކާގެ މަންދޫބުން މަޝްވަރާގެ މޭޒުމަތީގައި ވަކި ގޮތަކަށް އެއްބަސްވުމަށްފަހު، އެ ބައްދަލުވުންތަކުން ނުކުމެ ދޭ އިންޓަވިއުތަކުގައި ވާހަކަދައްކަނީ އެއާ މުޅިން ހިލާފަށެވެ.
"އެމެރިކާގެ އޮފިޝަލުން މަޝްވަރާގެ މޭޒުމަތީގައި ސުލްހަ އިހުތިޔާރު ކުރި ނަމަވެސް، އެތަނުން ނުކުމެ އަމަލާއި ބަހުން ދައްކަނީ މުޅިން އެހެން މަންޒަރެއް،" އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
މިފަދަ ކަންކަން އީރާނުގެ 10 ނުކުތާގެ ޕްލޭން ހުށަހެޅި ދުވަސްވަރު ވެސް ފާހަގަކުރެވުނު ކަމަށް އީރާނުން ބުނެ އެވެ. އެ ފަހަރު މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕާކިސްތާނުގެ އޮފިޝަލަށް ވެސް އެމެރިކާގެ އިތުރުފުޅުތައް ފަޅާއެރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން އީރާނުން ވަނީ މެދުވެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އީރާނުން މިހާރު ޝަރުތުކޮށްފައިވަނީ އީރާނުގެ 10 ނުކުތާގެ ހުށަހެޅުމަށް މަޝްވަރާކުރުމަށް ގަބޫލުކަމަށް ވިދާޅުވެ ޑޮނަލްޑް ޓްރަމްޕް ޓްވީޓް ކުރެއްވުމަށެވެ. އެމެރިކާއިން އެއްބަސްވުންތަކަށް އިހުތިރާމް ކުރުމުގެ ރެކޯޑު ދަށްވުމުގެ ސަބަބުން، އަލަށް އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ކާޑިބީގެ ކްރެޑިޓް ކާޑުން 60،000 ޑޮލަރުގެ ވައްކަން ކޮށްފި
އައްޑޫގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފި
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން