މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ އިރުއޮއްސި 18:20 ހާއިރު ކަމަށެވެ. ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް އައިޖީއެމްއެޗްގެ އެމެޖެންސީ ވޯޑުގައި ފަރުވާދެމުން ދާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަގުގީގުކުރަމުންނެވެ.
ރަނގަޅު މިޒާޖާއެކު ވެސް އުފާވެރި ކައިވެންޏެއް ނުދެމެހެއްޓޭ ސަބަބު
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
އީރާނުގެ ހަނގުރާމަ ރަތްކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ